ހަދީސް ޔުނިޓް
ހުސްތަން ފުރާށެވެ! " އެމީހެއްގެ އަމިއްލަ ނަފްސަށް އެދޭ ކޮންމެކަމެއް، އެމީހެއްގެ އަޚާއަށް ލިބުމަށް ނޭދޭހާ ހިނދަކު، ތިޔައިން ހަމަ އެކަކުވެސް އީމާންވީ ކަމުގައި ނުވާ ހުއްޓެވެ. " ތިބާ ވީ ކޮންމެތަނެއްގައި، ތިބާ މާތްﷲ އަށް ބިރުވެތި، ވާށެވެ! އަދި ނުބައިކަމެއް، ކުރެވިއްޖެނަމަ އެއާ ވިދިގެން ރަނގަޅުކަމެއް، ތިބާ ކުރާށެވެ! އެއީ އެ ނުބައިކަން، ފިލުވައިލަނިވި ކަމެކެވެ. އަދި މީސްތަކުންނާއެކު، ތިބާ ރިވެތި އަޚުލާޤު، ބަހައްޓާށެވެ! " ތިޔަބައި މީހުން ކަންތައްތައް ފަސޭހަ ކޮށްދޭށެވެ. ކަންތައްތައް އުނދަގޫ ނުކުރާށެވެ. އަދި ތިޔަބައިމީހުން އުފާވެރި ކަމުގެ ޚަބަރު ދޭށެވެ. މީސްތަކުން ފޫހި ނުކުރާށެވެ. ޙަދީޘް 2 ( އެކަކު އަނެކަކުދެކެ ލޯބިވުން ) އިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން 2 ކަމެއް ލިޔޭ! ޙަދީޘް 3 ( ހެޔޮ ޢަމަލުކުރުމާއި މާތް އަޚުލާޤު ) އިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން 2 ކަމެއް ލިޔޭ! ޙަދީޘް 4 ( އިސްލާމް ދީނުގެ ލުއިފަސޭހަކަން ) އިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން 2 ކަމެއް ލިޔޭ!